ރެސިޕީ: ފްރައިޑު ޗިކަން ވިންގ

އަޙްސަން އަޙްމަދު | 02 ޖޫން 2017

މިއީ ބ. ހިތާދޫ ކުޅަދާނަ ޝެފް އިސްމާއިލް ނަސީރު ( އިއްސެ ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކުރައްވާފައިވާ ރެސިޕީއެކެވެ. މިރެސިޕީއަކީ ވެސް ތިޔަބޭފުޅުންނަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމުގައި އުންމީދު ކުރަމެވެ.

ނަން: ފްރައިޑް ޗިކަން ވިންގ

ބޭނުންވާ ތަކެތި:
2 ރާތާ ކުކުޅު ހެންޑްސް.
3 ސަމުސާ ގާލިކް ސޯސް ޕޭސްޓް.
3 ސަމުސާ ލޮނު.
2 ސަމުސާ އަސޭމިރުސް.
3 ސަމުސާ މުގުރި މިރުސް.
3 ސަމުސާ މިރުސް (ކޮށާފައި ).
1/4 ޖޯޑު ލުބޯ ހުތް.
1/4 ޖޯޑު ވެޖެޓަބަލް އޮއިލް.

ތައްޔާރު ކުރާނެ ގޮތް:
160 ޑިގްރީއަށް އަވަން ހޫނު ކޮށްލާށެވެ.
ހުރިހާ އެއްޗެއް ރަނގަލަށް އެއްކޮށްލާފައި ކުކުޅު ހޭންޑު ތަކުގައި ރަނގަޅަށް ހާކާލާށެވެ.
ބޭކިންގ ޝީޓުގައި 3 ފަށަށް ފޮއިލް އުޅާލާށެވެ. އަދި އޭގެ މަތީގައި ހަންފުއް މައްޗަށް ވާގޮތަށް ޗިކަން ހޭންޑުތައް އަތުރާލައި 35 މިނެޓު ވަނަންދެން ފިހެލާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :