ރެސިޕީ: ޗޮކްލެޓު އޮރެންޖެ ކޭކު

އަޙްސަން އަޙްމަދު | 10 ޖޫން 2017

މިއީ ބ. ހިތާދޫ ޝެފް އިސްމާއިލް ނަސީރު (އިއްސެ) ހިތާދޫ އޮންލައިން އަށް ހަދިހާ ކުރައްވާފައިވާ ރެސިޕީއެކެވެ. އެހެން ރެސިޕީއެކޭ އެއްފަދައިން މިރެެސިޕީވެސް ކަމުދާނެ ކަމަށް ހީކުރަމެވެ.

ޗޮކްލެޓު އޮރެންޖު ކޭކު.

ބޭނުންވާ ތަކެތި:
ކޭކު އަށް:
2 އޮރެންޖު.
6 ބިސް.
1/2 1 ޖޯޑު ހަކުރު.
2 ޖޯޑު ފުއް.
1/2 ޖޯޑު ކޮކޯ ޕައުޑަރ.
1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ.
1/2 ސައި ސަމުސާ ލޮނު.

ގްލޭޒް:
3/4 ޖޯޑު ޗޮކްލެޓު ޗިޕްސް.
1 މޭޒުމަތީ ސަމުސާ މާމުއި.
3. މޭޒުމަތީ ސަމުސާ ބަޓަރ
1 މޭޒުމަތީ ސަމުސާ މާޖިރީން.

ތައްޔާރު ކުރާނެ ގޮތް:
ފެންފޮދެއްގައި އޮރެންޖު ކޮލު 1 ގަޑިއިރު ވަންދެން ކައްކާލުމަށް ފަހު އޮއްތައް ނާގައި ފައި ބްލެންޑަރެއްގައި ރަނގަޅަށް ބުލެންޑު ކޮށްލާށެވެ.
ކޭކަށް ބޭނުންވާ ބާކި ހުރި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށް ލައްވާށެވެ.
ކޭކު ފިހާ ތަށީގައި ތެޔޮ ފޮދެއް އުނގުޅާލުމަށް ފަހު ކޭކް މިކްސްތައް އެޅުއްވުމަށް ފހު 160 ޑިގްރީގައި 45 މިނިޓު ވަންދެން ފިހެލާށެވެ.
ގްލޭޒު ތައްޔާރު ކުރެއްވުމަށް ބޭނުންވާ ތަކެތި ކުޑަ ތަވައެއްގައި މަޑުގިނީގައި ކައްކާ ލައްވާށެވެ. ޗޮކްލެޓު ކޮލު ވިރުމުން އުނދުން ނިއްވާލައްވާފައި ގްލޭޒު ކޮޅު ރނގަޅަށް އެއްކޮއްލައްވާށެވެ. އެއަށްފަހު ފިހެފައިވާ ކޭކުގެ މައްޗަށް އަޅުއްވާ ލައްވާށެވެ.

...........................
ޝެފު އިއްސެއާއި ބެހޭ މަޢްލޫމާތު ކިޔުއްވާލެއްވުމަށް ލިންކަށް ފިއްތަވާ ލައްވާށެވެ. ޝެފް އިއްސެއާއި ބެހޭ މަޢްލޫމާތު


ކިޔުންތެރިންގެ ޚިޔާލު...


ނަން :