ރެސިޕީ: ސްޕެގެޓީ އޮމްލެޓު

އަޙްސަން އަޙްމަދު | 13 ޖޫން 2017

މިއީ ބ. ހިތާދޫ . ޝެފް އިސްމާއިލް ނަސީރު (އިއްސެ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކުރައްވާފައިވާ ރެސިޕީއެކެވެ. މި ރެސިޕީ އަކީވެސް ކިޔުންތެރިންނަށް ކަމުދާނެ ރެސިޕީއަކަށް ވާނެކަމަށް ހީކުރަމެވެ.

ސްޕެގްޓީ އޮމްލެޓް

ބޭނުންވާ ތަަކެތި:
80 ގ ސްޕެގްޓީ (ކައްކާފައި)
½ ފިޔާ (ތުނިކޮއްކޮށާފައި)
1 ބޮޑު މިރުސް (ތުނިކޮއްކޮށާފައި)
2 ސޮސެޖު (ތުނިކޮއްކޮށާފައި)
2 މަސްރޫމް (ތުނިކޮއްކޮށާފައި)
ކުޑަ ތެޔޮފޮދެއް
50 ގ ޓޮމާޓޯ ސޯސް
½ ސަމުސާ ޓޮމާޓޯ ޕޭސްޓް
20 މލ ކިރު
½ ސަމުސާ މުގުރި މިރުސް
ލޮނު / އަސޭމިރުސް

ތައްޔާރު ކުރާނެގޮތް:
ކައްކަން ބޭނުން ވާ ތެއްޔައް ތެޔޮ ފޮދެއް އެޅުންވުމަށް ފަހު އާދައިގެ ހޫމުމިނެއްގައި ހޫނުކޮއްލައްވާ، ފިޔާ،ސޮސެޖު،މިރުސް އަދި މަސްރޫމް އެޅުންވުމަށްފަހު ދެތިން މިނެޓް ކައްކާލައްވާ، އެއަށް ފަހު ޓޮމާޓޯ ސޯސް / ޕޭސްޓް އަދި ކިރު ފޮދު އަޅުންވާލައްވާ ރަނގަޅައް ކައްކަވާ ލައްވާ (ސޯސް ރަނގަޅައް ދިޔާވައްދެން) އުދުން ނިވާލުމަށްފަހު ސްޕެގްޓ ސޯސް އާއި އެއްކޮއްލައްވާ،އަދި ލޮނު ހެޔޮވަރު ކޮއްލައްވާ،
އޮމްލެޓް ތައްޔާރު ކުރެއްވުމަށް ބިސް މަޔޮނައިސް އަދި ލޮނާއި އަސޭމިރުސް އަޅުންވާ ރަނގަޅައް އެއްކޮއްލައްވާ، އެޔަށްފަހު މިމިކްސަރުން އާދައިގެ ތުނި ބިސް ގަނޑެއް އަޅުންވާ، އަދި ސްޕެގްޓީ ގެ 1/3 ބައި ބިސް ގަނޑުގެ މައްޗައް އަޅުންވާލައްވާ ރޯލް ކުރައްވާ. ހަމަ މިގޮތަ ބާކީ ހުރި ބައި ތަކުރާރު ކުރައްވާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :