ރެސިޕީ: ވަޅޯމަސް ސްޕެގެޓީ

އަޙްސަން އަޙްމަދު | 16 ޖޫން 2017

މިއީ ބ. ހިތާދޫ . ޝެފް އިސްމާއިލް ނަސީރު (އިއްސެ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކުރައްވާފައިވާ ރެސިޕީއެކެވެ. މި ރެސިޕީ އަކީވެސް ކިޔުންތެރިންނަށް ކަމުދާނެ ރެސިޕީއަކަށް ވާނެކަމަށް ހީކުރަމެވެ.

ނަން: ވަޅޯމަސް ސްޕެގެޓީ

ބޭނުންވާ ތަކެތި:
100 ގްރާމް ޕިލް ޓޮމާޓޯ
200 ގްރާމް ސްޕެގެޓީ (ކައްކާފައި)
100 ފްރާމް ވަޅޯމަސް (ތުނިކޮށް ކޮށާފައި)
1 ފިޔާ ( ކުދިކޮށް ކޮށާފައި )
2 ލޮނުމެދު ( ކުދިކޮށް ކޮށާފައި)
1/4 ޖޯޑު ޖައިތޫނި ( ކުދިކޮށް ކޮށާފައި )
1 މޭޒުމަތީ ސަމުށާ މުގުރި މިރުސް.
ލޮނު / އަސޭމިރުސް ( ރަހަ ލާވަރަށް)
4 ހިކަނދިފަތް.

ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކައްކަން ބޭނުންވާ ތެލި ތެޔޮފޮދެއް އަޅާ ހޫނު ކޮށްލާށެވެ. ތެޔޮފޮދު ހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދު ކޮޅު އަޅުއްވާފައި ރަތް ކޮށްލައްވާށެވެ. އެއަށްފަހު މުގުރި މިރުސް އަދި ހިކަނދި ފަތްކޮޅު އަޅުއްވާލައްވާ 1 މިނެޓު ވަންދެން ކައްކަވާ ލައްވާށެވެ.

އެއަށްފަހު ޕިލް ޓޮމާޓޯ އެޅުއްވުމަށްފަހު އިތުރު މިނެޓެއް ވަންދެން ކައްކަވާ ލައްވާށެވެ. އަދި ވަޅޯމަސްކޮޅު އަޅުއްވާ ލައްވާ ރަނގަޅަށް ސޯސް އާއި އެއްކޮއްލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލައްވާށެވެ.

އުނދުން ނިއްވާލުމަށްފަހު ސްޕެގެޓީ ކޮޅު ސޯސްކޮޅާއި އެއްކޮށްލައްވާށެވެ.
ނޯޓު : ކުޅި މިން ގެންގުޅުއްވާނީ އެބޭފުޅަކު ބޭނުންވެ ލައްވާ މިންވަރަކަށެވެ. ހިކިމިރުހުގެ ބަދަލުގައި ގިތެޔޮމިރުސް ވެސް ބޭނުން ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :