މިއަދު ޢީދުބޭ އަރުވަނީ ފޮޓޯ- ހިތާދޫ އޮންލަިއިން
ހިތާދޫ އޮންލައިން | 01 ސެޕްޓެމްބަރ 2017
ބަރަކާތްތެެރި އޟްޙާ ޢީދުގެ އުފާ ފާޅު ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޢީދު ކުޅިވަރުތައް ފަށައިފިއެވެ.
ބ. ހިތާދޫގައި ޢީދު ކުޅިވަރުތައް ފަށަނީ ޢީދުބޭ އެރުމުންނެވެ. އެގޮތުން މިއަދުގެ ފަތިސް ނަމާދަށް ފަހު އީދުވޭ ވަނީ އަރުވާފައެވެ. ޢީދުބޭ އަކީ ޢީދު އަތުވެއްޖެކަން އަންގުމުންގެ ގޮތުން ރަށުގެ ބޮޑެތި މަގުތަކުގައި ނަށަމުން ހިނގާ މާލި ޕެރޭޑެކެވެ.
ޢީދުބޭގެ އިތުރުން މިއަދު ވަނީ މަގުމަތީ ކުޅިވަރާއި އެކި ކުޅިވަރުތައް ކުޅެފައެވެ. ކުޑަކުދިންގެ ފެންކުޅި ކުޅުމާއި ފަންކުޅުމާއި ރޭގަނޑު ކުޅޭ ޡަގާފީ ބޮޑު ބެރު ޖެހުމާއި ލަނގިރިއާއި ގާއޮޑިއާއި ބޮޑުމަހުގެ ކުޅިވަރާޢި ވާދެމުން ފަދަ ތަފާތު ކުޅިވަރުތައް ޢީދުގެ ދުވަސްތަކަށް ބަހާލައިގެން ކުޅޭނެއެވެ.
ޢީދު ފާހަގަ ކުރުމުގެ ގޮތުން ގިނަ އަހަރު ތަކަކަށްފަހު ރޭ ވަނީ އީދު ހުޅު ޖަހާފައެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021
12 ޖަނަވަރީ 2021
11 ޖަނަވަރީ 2021
11 ޖަނަވަރީ 2021
09 ޑިސެންބަރ 2020
07 ޖަނަވަރީ 2021
06 ޖަނަވަރީ 2021
06 ޖަނަވަރީ 2021
31 ޑިސެންބަރ 2020