ބ. މާއްޑޫ، ދަނޑުވެރިކަމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި އެރަށް ހިމެނޭ / އީޓީ ފައިލް ފޮޓޯ

ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫނުކުރަން ނިންމައިފި

ހިތާދޫ އޮންލައިން | 15 ޑިސެންބަރ 2020





ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫކުރަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން ފިޝަރީޒް މިނިސްޓްރީން ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، މާއްޑޫ އާއެކު ހަ ރަށެއް ކުއްޔަށް ދޫކުރަން ނިންމައި އެކަން އިއުލާނުކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ފޭސްބުކުގައި ލިޔުއްވި ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ.

މިނިސްޓްރީން ބުނީ ބ. މާއްޑޫ ބިޑް ކުރުމަށް ބީލަންފޮތް ބައްލަވަގެންފައިވާ ފަރާތްތަކުން ބިޑިންގް ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި މިނިސްޓްރީއަށް ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ބ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އަތޮޅުގެ ބޮޑެތި، ރީތި ރަށްތައް ދަނޑުވެރިކަމަށް އެތައް އަހަރަކަށް ދޫކޮށްފައި އޮންނައިރު އޭގެ މަންފާ އެއްވެސް ގޮތަކަށް ނުކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :