ސޮނެވާއިން ޑިސެންބަރ މަހު ސާވިސް ޗާޖަށް 2663 ޑޮލަރު

ހިތާދޫ އޮންލައިން | 06 ޖަނަވަރީ 2021





މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ ގްރޫޕުން ހިންގަމުން އަންނަ ސޮނެވާފުށި އަދި ސޮނެވާ ޖާނީން 2663 ޑޮލަރު (41،063ރ.) ބަހަން ނިންމައިފި އެވެ.

ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ “ރިސޯޓު ވޯކާސް މޯލްޑިވްސް” އިން އާއްމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ސޮނެވާ ގްރޫޕުން ބ. އަދި ނ އަތޮލުގައި ހިންގާ މަތީ ފެންވަރުގެ އެ ދެ ރިސޯޓްގައި މަސައްކަތް ކުރާ މުވަޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 2،663 ޑޮލަރު ދިންއިރު، މިއީ ދެ ރިސޯޓް އެއްކޮށްލައިގެން ލިބުނު އާމްދަނީ ބަހާލައިގެން ކޮންމެ މުވައްޒަފަކަށް ވީ ވަރެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ދީފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،832 ޑޮލަރު ދީފައިވެ އެވެ.

މީގެ އިތުރުން ބ. އަތޮޅުގައި ހިންގަމުން އަންނަ ނައުޓިލަސް މޯލްޑިވްސް އިން މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1،332 ޑޮލަރު ދީފައިވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހާއްސަކޮށް އާ އަހަރާ ދިމާކޮށް ގިނަ ރިސޯޓުތައް ވަނީ ފުރިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :