ހިތާދޫ އޮންލައިން | 06 ޖަނަވަރީ 2021
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހު 3 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސް ކޮށްފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޭޕްރިލް 3 އަށް ތާވަލު ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން މިއަދު އީސީން ބޭއްވި ބައްދަލުވުމުގަ އެވެ.
މީގެ ކުރިން އީސީން އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް 3 ގަ އެވެ. ނަމަވެސް އެ ދުވަހަށް އިންތިހާބު ބޭއްވެން އޮތީ މި މަހުގެ 5 ގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލި ނަމަ އެވެ. އެ ހާލަތު ދެމިއޮތުމުން އީސީން އެ ތާރީހުގައި ބޭއްވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހުމުގެ އިތުރުން އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެއީ މި އަހަރު މެއި 9ގެ ކުރިންނެވެ.
އެހެންކަމުން ގާނޫނުގެ އެ މާއްދާ އިސްލާހު ކުރުމަށް ވެސް އީސީން ވަނީ ގޮވާލައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަޝްވަރާތައް ވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީގެ ތެރޭގައި ކުރިޔަށް އެބަދެ އެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021
12 ޖަނަވަރީ 2021
11 ޖަނަވަރީ 2021
11 ޖަނަވަރީ 2021
09 ޑިސެންބަރ 2020
07 ޖަނަވަރީ 2021
06 ޖަނަވަރީ 2021
06 ޖަނަވަރީ 2021
31 ޑިސެންބަރ 2020