ބ. މާޅޮސް ފެން ބޮޑުވެފައި

ބޯކޮށް ވާރޭވެހި ބ.މާޅޮހުގެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ

ހިތާދޫ އޮންލައިން | 12 ޖަނަވަރީ 2021

ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި ބ. މާޅޮސް ފެންބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގެ މަގުމަތަކުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަދެފައެވެ.

މާޅޮހު ކައުންސިލުން ބުނިގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ބާރަ ގެއެއްގެ ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަދި ބައެއް ގޭގައި މީހުން ދިރި ނޫޅެވޭ ވަރަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.

މާޅޮހު ކައުންސިލާއި ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ފެން ވަތް ބައެއް ގެތަކަށް ފެން އިތުރަށް ވަނަނުދިނުމަށް ވެލި ބަސްތާ ވެސް ޖަހައިދީފައި ވެ އެވެ.

މާޅޮހުގެ އިތުރުން މިއަތޮޅު ދަރަވަންދޫ ކިހާދޫ އާއި ކެންދޫގެ އެކި ސަރަހައްދު ތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ.

މޫސުމާބެހޭ އިދާރާ އިން ބުނިގޮތުގައި މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 6:00 އާ ހަމައަށް މިއަތޮޅު ދަރަވަންދު އަށް 88 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. އަދި މިއަދު މެންދުރު 12:00 އާ ހަމައަށް ވަނީ މި ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :