ކަމަދޫ ބާބެކިއު ބީޗު ހުޅުވުމުގެ ރަސްމިއްޔާުގެ ތެރެއިން

ކަމަދޫ ބާބެކިއު ބީޗު ރަސްމީކޮށް ހުޅުވައިފި

ހިތާދޫ އޮންލައިން | 06 ފެބުރުވަރީ 2021

ބ. ކަމަދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރި ބާބެކިއު ބީޗު ހުޅުވައިފިއެވެ.

މިރަސްމިއްޔާތު ފެށިގެން ދިޔައީ ކަމަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި އަންހެން ކަނބަލުންބދެއްވި ޑިނަރ އަކުންނެވެ.

ކަމަދޫ ކައުންސިލުން ބުނީ ބާބެކިއު ބީޗު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޑޮކްޓަރ ޙުސެން ރަޝީދު ކަމަށާއި ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ނަސީރުވެސް ވާޗުއަލްކޮށް ބައިވެރިވެ ވަޑައި ގެންވިކަމަށެވެ.

މިރަސްމިއްޔާތުގެ ކަންކަން އިންތިޒާމު ކުރުމާއި ބާބެކިއު ބީޗު ތަރައްޤީ ކުރުމަށް ކަމަދޫ ގެސްޓުހައުސްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށްވެސް ކަމަދޫ ކައުންލުން ބުނެއެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދޫ ސާޖިދު ވިދާޅުވީ ބާބެކިއު ބީޗު ޙުޅުވުމުން ރަށުގެ ރައްޔިންނާއި ރަށަށް ޒިޔާރަތް ކުރައްވާ ފަތުރުވެރިންނަށް ލުއިފަސޭހަ ވެގެން ދާނެކަމަށާވެ.

ބޮޑުބެރުގެ ހަރަކާތުން ނިމުނު މިރަސްމިއްޔާތުގައި ކަމަދޫގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :