ކަމަދޫ ޑައިވްއިން ކަނބަލުންނަށް ޑައިވް ޕްރޮގްރާމެއް ހިންގައިފި

ހިތާދޫ އޮންލައިން | 11 މާރޗު 2021

. ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ކުރިއަށް ގެންދިޔަ ޑައިވް ޕްރޮގްާމުގެ ދަށުން ކަމަދޫގެ މޫދުވެށި ސަލާމަތް ކުރުމުގެ ގޮތުން އެރަށުގެ ފަރު ސާފުކޮށްފިއެވެ.

މާރޗު 5 އިން 8 ވަނަ ދުވަހަށް ހިންގި މިޕްރޮގާމަކީ ކަނބަލުންނަށް ޑައިވްކުރަން ދަސްކޮށް ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ކަމަދޫ ދެކުނު ބީޗު ސަރަހައްދުގައި ކަނބަލުންނަށް ޑައިވް ކުރަން ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގައި ކަމަދޫގެ ގިނަަ އަދަދެއްގެ ކަނބަލުން ވަނީ ބައިވެރި ވެފައެވެ.

ކަމަދޫ ޑައިވް އެންޑް ވޯޓަރސްޕޯޓްސްގެ އަލީ ޝަފީގު ވިދާޅުވީ މި ހަރަކާތުގައި ކަމަދޫގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރި ވުމަކީ އެ ޑައިވް ސެންޓަރަށް ލިބުނު ވަރާށް ބޮޑު އުފަލެއް ކަމަށެވެ.

ޝަފީގު ވިދާޅުވީ ކަމަދޫގެ ޑައިވްގެ އަމާޒަކީ ބ. ކަމަދޫގައި ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ މިދަނޑިވަޅުގައި ބ. ކަމަދޫއަކީ ތިމާވެއްޓާ ރައްޓެހި ތިމާވެށީގެ މައްސަލަތަކަށް އަހުލުވެރި ވެފައިވާ ރައްޔިތެއް ދިރިއުޅާ ސާފު ވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުންކަމަށާއި ކަމަދޫގެ ވަށާއިގެންވާ ދިރުން ހުރި ރީތި ފަރު ދެމެހެއްޓެނިވި ގޮތަކަށް ހިމާޔަތް ކުރުންކަމަށެވެ.

ޝަފީގު ވިދާޅުވީ ކަމަދޫ ފަރަކީ 87 އިންސައްތަ ދިރުން ހުރި ފަރެއް ކަމަށާއި ކަމަދޫގެ ވަށައިގެން ޑައިވް ކުރާ ފެންވަރުގެ 5 ޑައިވް ސައިޓު ކަމަދޫގެ ފަރާއި ގުޅިފައި ހުރިކަމަށެވެ.

ކަމަދޫ އަކީ ގާމަތީ ރަށެެށްކަމަުން ކަމަދޫ ފަރު އުފެދިފަ ވަނީ ބޮނޑި މުރަކަ ސޭންޑު މައުންޓުގެ ބަދަލުގައި ބޮޑު ހިރި ސޭންޑު މައުންޓު މަތީގައި ކަމަށާއި ފަރުގެ 75 އިންސައްތަ ފަރު މުރަކައިގެ ދިރުމަކީ ހިރިކަމަށް ޝަފީގު ވިދާޅުވިއެވެ.

" ކަމަދޫ އަކީ ބަރަވެލި ކަނޑަށް ފޭސް ވާގޮތަށް އޮންނަ ރަށެއް ކަމުން ދެމޫސުމަށް ވެސް ކަނޑުގެ އޮވަރު ކަމަދޫ ފަރަށް ލިބޭ. އެހެންވެ ފަރުގެ މުރަކަ އާލާވުން އަންނަނީ ދުވަހަކާ ދުވަހެއް ބާރު ސްޕީޑުުގައި އިތުރުވަމުން. ވޭތުވެ ދިޔަ 4 އަހަރަށް ބަލާއިރު މިކަންވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި " ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ ކަމަދުގެ ލޮބުވެތި ރައްޔިތުންނަކީ ކަމަދޫ ފަރުދެކެ ވަރަށް ލޯބިވާ ޕްލާސްޓިކާ ދުރު ހޭލުންތެރި ވެފައިވާ ބައެއްް ކަަމަށާއި މިހާރު ކަމަދޫގެ ފަރުގެ ކޮންމެ ދިމާލަކީ ސްނޯކްލިންގ ކޮށްގެން އުފާވެރިކަން ލިބޭ ތަނަކަށް ވެފައިވާ ފަރެއްކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :