ރޯދަމަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް

ހިތާދޫ އޮންލައިން | 07 މާރޗު 2021





ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް އިއުލާންކޮށްފި އެވެ.

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހު ހެނދުނު 9:30 ން ފެށިގެން މެންދުރު 12:00 އަށް ބެންކްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް، ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަ މަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލުން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ އާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން އަދި ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. ނަމަވެސް އެހެން ބޭންކްގެ ޗެކްތައް ޕޮރޮސެސް ކުރާނީ އެ ދުވަހެއްގެ ހެނދުނު 10:00 ގެ ކުރިން ހުށަހެޅުމުން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައެވެ.

މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަންގަވަން ޖެހެއެވެ. އަދި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބޭންކުން އެދެމެވެ.

މީގެ އިތުރުން އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :