ބ. މާޅޮސް

ދެ ފަތުރުވެރިޔަކު ޕޮޒިޓިވްވެ ބ. މާޅޮސް މޮނިޓަރިންގ އަށް

ހިތާދޫ އޮންލައިން | 18 އޭޕްރީލު 2021





ދެ ފަތުރު ވެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާގުޅިގެން ބ. މާޅޮސް މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައިސްއުޅުނު ދެ ފަތުރުވެރިއަކު ޗުއްޓީ ނިންމާލުމަށްފަހު ފުރަން ދިއުމުގެ ކުރިން ހެދި ސާމްޕަލް ޓެސްޓްގެ ނަތީޖާއި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިއީ ޗުއްޓީ ހޭދަކުރުމަށް ބ. އަތޮޅަށް އައި ފަތުރުވެރިޔަކު ޕޮޒިޓިވްވި 2 ވަނަ ފަހަރެވެ. މީގެކުރިން ފުޅަދޫއިން ފަތުރުވެރިޔަކު ޕޮޒިޓިވްވިނަމަވެސް، އެރަށުން އިތުރު މީހެއްގެ ގައިން ބަލި ފެނިފައެއްނުވެއެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :