ހިތދޫ ކައުންސިލު މެންބަރ ރީޝާ ފައިލް ފޮޓޯ-ހިތާދޫ އޮންލައިން

އައްޑޫ ސިޓީ ހާފޮނިކޮށް ފޮނި ކެނޑޭކައް ނެތް - މެންބަރ ރީޝާ

ހިތާދޫ އޮންލައިން | 02 ޖޫން 2021

ކައުންސިލުގެ ޖަލްސާތައް ލައިވް ކުރުމަކީ ފޮނި ކެނޑުމާ ބޮޑާކަން ދެއްކުން ކަމަށް ސިފަ ކުރައްވާ ޖަލްސާތައް ލައިވް ކުރުމަކީ ކައުންސިލަރުންގެ އަބުރާ ޢިއްތަތާ ކަރާމާތައް އުނިކަން އަންނާނެ ކަމެއްކަމަށް ބ.. ހިތާދޫ ކައުންސިލަށް ހޮވިވަޑައިގަތް މިނިވަން މެންބަރ ޢާއިޝަތު ރީޝާ ވިދާޅު ވެއްޖެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ހިތާދޫކައުންސިލުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި އެކަމަނާގެ ފޭސްބު ސްޓޭޓަސްގައިވެސް މިމޭރުމުން ވަނީ ޕޯޓު ކޮށްފައެވެ.

ހިތާދޫ ކައުންސިލުގެ ޖަލްސާތަކުގެ ވިޑިއޯއާއި ފޮޓޯނެގުމާއި ލައިވްފީޑުގެ ހުއްދަ ހޯދުމަށް އެދި ހުށަޙަޅާފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމަށް ޖަލްސާއަށް ހުށަހެޅި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެންބަރު ރީޝާ ވިދާޅުވީ ޖަލްސާތައް ލައިވް ކުރުމަކީ ފޮނިކެޑުމާޢ ބޮޑާކަން ދެއްކުން ކަމަށް ސިފަ ކުރެވޭ ކަމަށާއި ފޭސްބުކު ޕޭޖުން ނިންމާ ނިންމާ ނިންމުންތައް ފެންނަން ހުންނަ އިރު ލައިވް ކުރަން ޖެހެނީ ކިއްވެތޯ ސްުވާލު އުފެއްދެވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރީސާ ވިދާޅުވީ ލައިވް ކޮށްފައި ވަނީ ހަމައެކަނި އައްޑޫ ސިޓީން ކަމަށާޢި އެހެން އެއްވެސް ތަނަކުން ލައިވް ނުކުރާ ކަމަށެވެ.

މިއަދު ބޭޢްވި ޖަލްސާއިން ހިތާދޫ އޮންލައިން އިން ހުށައަޅާފައިވާ ކަންކަމަށް ހުއްދަ ނުދިނުމަށް ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ހިތާދޫ ކައުންސިލުގެ މިނިވަން މެންބަރު ޢައިޝަތު ރީޝާ މިމޭރުމުން ވާހަކަ ދެއްކެވި އިރު ހިތާދޫ ކައުންސިލުން ކުރިން ބޭއްވި ޖަލްސާތަކުގެ އެއްވެސް ނިންމުމެއް ކައުންސިލުގެ ފޭސްބުކު ޕޭޖުގައި ޝާއިޢް ކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


didi

ބާކީ ތިބި ހަތަރު މެންބަރުން ކޮބާ

Rave addu

ލައިވްކުރަނީ ޓްރާންސްޕޭރެންސީގެ ބޭނުމުގައި، ރައްޔިތުންނަ ވި ވައުދާ އެއްގޮތަށް ވަކާލާތު ކުރާތޯބަލަން، ކަމަނާހެން/ލަދުންފިލާ، ހުންނާކަށްނޫން، ނިންމުމުން ނޭގޭނެ ކަަމަނާ ނިންމިގޮތްދެްކިވާހަކަ،ހުރިޖަޒުބާތު