މަގުތަކަށް ވެލިއަޅަން ރީޝާ ހުށައެޅި ބިލު ތާއީދު ނުލިބި ފާހެއް ނުވި!

ހިތާދޫ އޮންލައިން | 02 ޖޫން 2021





ރަށުގައި ފެންހެދި ޗަކަވެފައި ހުންނަ ތަންތަނަށް ވެލި އަޅަން ހިތާދޫ ކައުންސިލުގެ މިނިވަން މެންބަރ ޢާޢިޝަތު ރީޝާ ހުށަހެޅި ބިލަށް އެއްވެސް މެންބަރަކު ތާއީދު ނުކުރުމުން ބިލަށް ވޯޓަށް ނޭހި ބިލު ފާހެއް ނުވިއެވެ.

ހިތާދޫ ކައުންސިލުން މިއަދު ބޭޢްވި ޖަލްސާގައި ބިލު ހުށައަޅުއްވަމުން ރީޝާ ވިދާޅުވީ ވާރޭވެހި ފެންބޮޑުވެ ޗަކަ ހެދިފައި ހުންނަ މަގުތަކުގެ ސަބަބުން ސްކޫލު ކުދިންނާއި ޢާންމުންނަށް ވަރަށް ބޮޑަށް އުނދަގޫ ވާކަމަށާއި އެކަމުގެ ސަބަބުން ދިގު ހިނގުން ތަކެއް ހިނގަން ޖެހޭކަމުން މިކަމަށް ހައްލެއް ހޯދައި ދިނުމަށް އެފަދަ މަގުތަކަށް ޚާޢްޞަކޮށް ހިތްފަސޭހަމަގު ގައި ޗަކަ ހެދޭތަންތަނަށް ފަސް އަޅަން ހުށައަޅާ ކަމަށެވެ.

މިމައްސަލައިގާ ގުޅޭގޮތުން ހުރިހާ މެންބަރުންވެސް ވަނީ މިއީ ހައްލު ކުރަން ޖެހިފައިވާ ބޮޑު މައްސަލައެއްކަމަށް ވިދާޅުވެފެއެވެ. ނަމަވެސް ބަޖެޓު ނެތުމާއި ނަރުދަމާ އަޅާ މީހުން މަގުތައް ކޮންނަމުން ދާތީ ފަސް އެޅުމުން އެމަސައްކަތް ކުރަން އެމީހުންނަށް ދަތިތަކެއް ކުރުމަތިވެދާނެތީ މިވަތުަށް ވެލިއަޅަން ނުފެންނަށް ކަމަށް ބައެއް މެންބަރުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

މި މައްސަލައިގާ ވާހަކަ ދައްކަވަމުން މެންބަރު ސާމިއާ ޢަބްދުއްލަތީފު ވިދާޅުވީ ކައުންސިލުން މިވަގުތު ޚަރަދު ކޮށްެން އެކަން ކުރެވެން ނެތަނަމަ މޮއިކޮޅު ތުނޑީގައި ހުރި ފަސްފުނިން ވެލިނަގައިގެން މަތުތަކަށް އަޅަން ހުއްދަ ދޭން ފެންނަކަމަށެވެ. އެހެން ނަމަވެސް މި ހުށައެޅުމާޢި ގުޅިގެން މެންބަރުން ފާހަގަ ކުރެއްވީ އެގޮތަށް ހުއްދަ ދީފިނަމަ ނަރުދަމާ އަޅާ މީހުން ކޮންނަ އިރު އެމީހުންނަށް ދަތިތަކާއި ކުރިމަތިވާނެކަަމަށެވެ.

މިމައްސަލާގައި މިނިވަން މެންބަރު ޢައިޝަތު ރީޝާގެ ހުށައެޅުމަށް ތާއީދު ނުލިބި މަގުތަކަށް ވެލިއަޅަން ނުފެންނަ ކަމަށާއި ރައްޔިތުންނަށްވެސް މަގުތަކަށް ވެލިއަޅަން ހުއްދަ ދޭން ނުފެއްނަކަމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :