މާލެއިން ރައްރަށަށް ދެވޭ އުސޫލު ހަރުކަށި ކޮށްފި

ހިތާދޫ އޮންލައިން | 07 ޖޫން 2021





ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު، ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެޗްޕީއޭ އިން ހަރުކަށިކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފަައިވާ އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެނަ ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.

އައު އުސޫލުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ރަށްރަަަށަށް ދަތުރުކުރުމަށް ދެން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށެވެ. އަދި މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ހުއްދަ ދޭނެ އެވެ. ނަމަވެސް ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި ޗުއްޓީއަށް ރަށްރަށަށްދާން ހުއްދަ ނުދޭނެ އެވެ.

މީގެ އިތުރުން މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށް ހުއްދަ ދޭނެ އެވެ.

އެޗްޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މާދަމާއިން ފެށިގެން ހުށައަޅާނީ “ހާލުބެލުން ޕޯޓަލް” މެދުވެރިކޮށް ކަމަށާ މި ގޮތަށް އެދި ހުށައަޅާއިރު އެ މީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ.

ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭ މީހުންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :